ރަޝިއާގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ބަލަން އިތުރު ދިވެހިން ތަކެއް މިއަދު ކޮކާ ކޯލާއިން އެގައުމުން ފޮނުވައިފި އެވެ.
މިއަދު ރަޝިއާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އެ ކުންފުނިން ކުރިއަށް ގެންދިޔަ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަސީބުވެރިންގެ ތެރެއިން ބައެއް މީހުންނާއި ނޫސްވެރިންނާއި، ކޯކާ ކޯލާގެ ޕާޓްރަނުންނެވެ. މީގެ ކުރިން "ވޯލްޑް ކަޕް ފިއެސްޓާ" ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ހޮވުނު މީހުންގެ ތެރެއިން 10 މީހަކު ރަޝިޔާ އަށް ފޮނުވައިފަ ވެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ވޯލްޑް ކަޕް ބަލަންދާން ފުރުސަތު ލިބުނު މީހުންނަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ލިބިފައިވެ އެވެ. މިއަދު ފުރި 20 މީހުން ރަޝިއާގައި ހަތަރު ދުވަސް ހޭދަ ކުރާނެ އެވެ.
މި މީހުން ބަލަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 11:00 ގައި ކުޅޭ އިންގްލޭންޑް އާއި ކޮލަމްބިއާ މެޗު ކަމަށް ކޮކާކޯލާ އިން ބުނެ އެވެ. މީގެ އިތުރުން ރަޝިއާގެ މުހިންމު ތަންތަން ބަލާލުމުގެ ޓުއާއެއް އެމީހުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކުރީގެ އަހަރުތަކުގައި ވެސް، ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން މިފަދަ ޕްރޮމޯޝަންތައް ހިންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް