އދ.މަހިބަދޫ ޕޮލިސް ސްޓޭޝަން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރު ކޮއްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މާލެއިން މަހިބަދޫއަށް ދިޔަ ލޯންޗަކުން ފޭބި މިމީހާ މަހިބަދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް، ހަށިގަނޑު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މިމައްސަލަ އިތުރަށް މަހިބަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް