އިންތިހާބުން 20 ޕަސެންޓު ވެސް ރައީސް ޔާމީނަށް ނުލިބޭނެ: އަލީ ހުސައިން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި 20 ޕަސެންޓު ވޯޓުވެސް ރައީސް އަބްދުﷲ ޔާމީނަށް ނުލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. ރޭ އަލީ ހުސައިން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން...

01 Jul 2018 | 06:19

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި 20 ޕަސެންޓު ވޯޓުވެސް ރައީސް އަބްދުﷲ ޔާމީނަށް ނުލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރޭ އަލީ ހުސައިން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ނުކުންނަވަން ނިންމުމުން ރައީސް ޔާމީން މިހާރު ހުންނަވާނީ ސިހިސިހި ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ މާ ގިނަ ބަޔަކުވެސް ނެތް ކަމަށެވެ.

އެހެން ކަމުން އިންތިހާބުގައި 20 ޕަސެންޓު ވޯޓު ލިބޭނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ.

"ފުރަތަމަ ދުވަހުވެސް އިދިކޮޅު ޕާޓީތަކަށް ޕާޓީތަކަށް އެއްބަސްވެވުނު ކަމަކީ ރިޔާސީ އިންތިޚާބަކަށްދާއިރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ކުރިމަތިލައްވާނީ ޕާޓީތަކުން އެއް ކެންޑިޑޭޓް ކަމަށް ކަނޑައެޅުން. މިއީ މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ" އަލީ ހުސެއިން ވިދާޅުވިއެވެ.

ފެނިގެން މިދިޔައީ ގުޅިފައިވާ ޕާޓީތަކުގެ ބޭނުމާއި މަޤްސަދު ނޯޅި ބަދަހިކަމުގައިތިބިތަން ކަމަށާއި ހުރިހާވެސް ބޭނުމަކީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ބަދަލު ކުރުން ކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ރަނިންމޭޓަކު ކަނޑައަޅަން ޖެހެނީ ކައުންސިލުން ކަމަށާއި އެކަށީގެންވާ އަވަސް މުއްދަތެއްގައި ރަނިންމޭޓަކު ކަނޑައަޅާ ވަރަށްބޮޑު ކާމިޔާބީއަކާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވޭނެ ކަމަށެވެ.

އަލީ މިހެން ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް