ނިހާނަށް މަހްލޫފްގެ ތިން ސުވާލު

ރިޔާސީ އިންތިހާބު ރައީސް ޔާމީން 52 އިންސައްތައިން ކާމިޔާބު ކުރައްވާނެކަމުގައި އެމްޕީ ނިހާން ވިދާޅުވެފައިވާއިރު އެމްޕީ ނިހާނަށް މަހްލޫފް ތިން ސުވާލެއް ކުރިމަތިކޮށްފި އެވެ. އެ ތިން ސުވާލަކީ 23 ސެޕްޓެމްބ...

01 Jul 2018 | 04:57

ރިޔާސީ އިންތިހާބު ރައީސް ޔާމީން 52 އިންސައްތައިން ކާމިޔާބު ކުރައްވާނެކަމުގައި އެމްޕީ ނިހާން ވިދާޅުވެފައިވާއިރު އެމްޕީ ނިހާނަށް މަހްލޫފް ތިން ސުވާލެއް ކުރިމަތިކޮށްފި އެވެ.

އެ ތިން ސުވާލަކީ 23 ސެޕްޓެމްބަރުގައި އިންތިހާބު އޮންނާނެތޯ އާއި އިބޫގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ އާއި ގާނޫންއަސާސީގައިވާގޮތަށް ވޯޓުލާ މަރުކަޒުގަ ވޯޓު ގުނާ ނަތީޖާ އިއުލާނު ކުރާނެތޯ އެވެ.

https://twitter.com/AhmedMahloof/status/1013282086516547586

މި ތިން ސުވާލާއެކު މަހްލޫފު ވިދާޅުވެފައިވަނީ 52 އިންސައްތަ ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން ގޮވާލާކަމަށެވެ.

ނިހާން އިއްޔެ ވިދާޅުވެފައިވަނީ ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބަށް ހިސާބު ޖަހާނެ ގޮތަކަށް ޖަހަންވީ ކަމަށެވެ. ނެރެވުނު އަދަދަކަށް ކެންޑިޑޭޓުންނާއި ރަނިންމޭޓުން ދެއްކިއަސް ތަރައްގީ އަށް ދިވެހި ރައްޔިތުން ދެން ނޫނެކޭ ނުބުނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް