އުމުރުން 60 އަހަރުގެ އަންހެނަކު އިންޑިއާގެ ގަރާޖެއްގެ މެކޭނިކެއްގެ ގޮތުގައި

ނަމަކީ ޝާންތީ ދޭވީ އެވެ. އުމުރަކީ 60 އަހަރެވެ. މަސައްކަތް ކުރަމުން އަންނަނީ ގަރާޖެއްގެ މެކޭނިކެއްގެ ގޮތުގައި އެވެ. މީޑިއާއަށް މައުލޫމާތު ދެމުން ދޭވީ ބުނެފައިވަނީ ފިރިމީހާއާއެކު ސައިވިއްކާ ކުޑަ ވިޔަފާރ...

01 Jul 2018 | 04:11

ނަމަކީ ޝާންތީ ދޭވީ އެވެ. އުމުރަކީ 60 އަހަރެވެ. މަސައްކަތް ކުރަމުން އަންނަނީ ގަރާޖެއްގެ މެކޭނިކެއްގެ ގޮތުގައި އެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ދޭވީ ބުނެފައިވަނީ ފިރިމީހާއާއެކު ސައިވިއްކާ ކުޑަ ވިޔަފާރިއެއް ފެށީ މީގެ 20 އަހަރު ކުރިން ކަމަށާއި މިހާރު ދެމަފިރިން ހިންގަނީ ގަރާޖު ކަމަށެވެ. އަދި ދުވާލަކު ދެހާހަށްވުރެ ގިނަ ވެހިކަލް އެ ގަރާޖު ކައިރިން ދަތުރުކުރާއިރު ގިނަ ވެހިކަލްތަކަކަށް ހިދުމަތް ދޭންޖެހޭކަމަށް ދޭވީ ބުނެފައި ވެ އެވެ.

ދޭވީ ވެހިކަލްތަކުގެ ޓަޔަރު ބަދަލުކުރުމާއި ވެހިކަލް ފުރޮޅަށް ވައިޖެހުމުގެ މަސައްކަތް ފަރިތަކަމާއެކު ކުރެ އެވެ. އޭނާ ބުނީ އެކަން ދަސްކުރީ ފިރިމީހާއާއި އެހެނިހެން މެކޭނިކުން އެކަން ކުރާގޮތް ބަލައިގެން ކަމަށެވެ.

އަދި އެ އުމުރުގައި މަސައްކަތްކުރާތީ މީހުން ވަރަށް ހައިރާންވާކަމަށްވެސް ދޭވީ ބުނެފައި ވެ އެވެ.

ދޭވީ އަންނަނީ މަސައްކަތް ކުރުމުގެ އިތުރުން ގޭތެރޭގެ ހުރިހާ ކަންކަމެއްވެސް ބަރާބަރަށް ބަލަހައްޓަމުންނެވެ. ދޭވީ ބުނެފައިވަނީ އަންހެން ކަނބަލުން ހަތަރުބިތުން ބޭރަށް ނިކުމެ ފިރިމީހާއަށް އެހީތެރިވެ އުޅުމުގައި ހަރަކާތްތެރިވާންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް