ކުކިންގ އޮއިލުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު !

މިއީ ނިމިދިޔަ ހަފްތާގައި، ޖޫން 27، 2018ގައި ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ. މިކަން ފެށުނީ 1950ގައި ކައްކާތެޔޮ ތައްޔާރުކުރާ ކުންފުނިތަކުން ތެޔޮ އިސްތިހާރު ކުރަން ފެށި ...

01 Jul 2018 | 03:15

މިއީ ނިމިދިޔަ ހަފްތާގައި، ޖޫން 27، 2018ގައި ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ.

މިކަން ފެށުނީ 1950ގައި ކައްކާތެޔޮ ތައްޔާރުކުރާ ކުންފުނިތަކުން ތެޔޮ އިސްތިހާރު ކުރަން ފެށި ހިސާބުންނެވެ. އެމީހުން ތެޔޮ އިސްތިހާރު ކުރީ ތެލުލި ކާނާ ބަޓަރުގައި ތެލު ލުމަށްވުރެ ކައްކާ ތެލުގައި ތެލުލުމުން ލުއިވާކަމަށާއި މާ ރަނގަޅުކަމަށް ބުނެ އެވެ. އޭރު ބޭނުންކުރަމުންދިޔައީ ބަޓަރެވެ. މިއަދު ދައްކަނީ އޭގެ ބަދަލުގައި ވެޖްޓަބަލް އޮއިލެއްގެ ވާހަކަ އެވެ.

ވެޖްޓަބަލް އޮއިލް އެބުނާހާ ސިއްހަތަށް ރަނގަޅުހެއްޔެވެ. ؟

ދިރާސާއަކުން ދައްކާފައިވާގޮތުގައި ސަން ފްލާވާ އޮއިލް، ކެނޯލާ އޮއިލް އަދި ކޮޓޮންސީޑް އޮއިލް އަކީ އެމެރިކާގައި ޖެހޭ ކްރޯނިކް ބަލިތަކުގެ މުގުލެވެ. އޭގެ އިތުރުން ހިތުގެ ބަލިތައް ޖެހުމާއި ބައެއް ވައްތަރުގެ ކެންސަރު ޖެހުމަކީވެސް ތެލުން ލިބޭ ގެއްލުން ކަމުގައި ދިރާސާތަކުން ދައްކާފައި ވެ އެވެ.

ދުނިޔޭގައި މަގްބޫލުކަމާއެކު ބަލައިގެންފައިވާ ފޮތެއް ކަމުގައިވާ ދަ ހެޕިނަސް ޑައެޓް ފޮތުގައިވާގޮތުގައި ކޮޓޮން ސީޑު ތެލާއި ވެޖެޓެބަލް އޮއިލް ވިއްކަނީ ޖަނަވާރުގެ ފެޓްއިން އުފައްދާ ބަޓަރުފަދަ ތަކެއްޗަށްވުރެ ސިއްހަތު ރަނގަޅު ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ހަގީގަތް ނޫންކަމުގައި އެ ފޮތުގައި ވެ އެވެ.

ވެޖެޓެބަލް އޮއިލް ހަށިގަނޑުގެ އެތެރެއަށް ދިއުމުން ދެން ބަދަލުވަނީ ޓްރާންސް ފެޓަށެވެ. ޓްރާސް ފެޓަކީ ފުއްޕާ މޭގެ ބަލިތަކާއި ހަކުރު ބައްޔާއި، މާ ބޮޑަށް ފަލަވުމާއި، ގޭހުގެ މައްސަލަތަކާއި އަދި ކެންސަރަށް މަގުފަހި ކުރުވާ އެއްޗެކެވެ. ޓްރާންސް ފެޓްގެ ސަބަބުން އުރަމަތީ ކެންސަރާއި ގޮހޮރުގެ ކެންސަރު އަދި އިތުރު ކެންސަރުތަކަށް މަގުފަހިވާކަމަށް ވެ އެވެ.

ޓައިމް އޮފް އިންޑިއާގެ އެ އާޓިކަލްގައި ވާގޮތުގައި ކުކިންގ އޮއިލްގެ ބަދަލުގައި ބޭނުންކުރުން އެންމެ ރަނގަޅީ ބަޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް