ރަންބީރާއި އާލިއާއަށް ސަޕޯޓަރުން ލޯބިން ނަމެއް ދީފި!

ބޮލީވުޑްގައި މިހާރު އެންމެ ހިނގާ އެއް ވާހަކައަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ވާހަކަ އެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އާއި 2020 ވަނަ އަހަރުގެ ކުރިން ކައިވެނި ކުރާ ވާހަކަ އަކ...

01 Jul 2018 | 03:00

ބޮލީވުޑްގައި މިހާރު އެންމެ ހިނގާ އެއް ވާހަކައަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ވާހަކަ އެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އާއި 2020 ވަނަ އަހަރުގެ ކުރިން ކައިވެނި ކުރާ ވާހަކަ އަކީ ހިނގާ ވާހަކަތަކެވެ. އަދި އާލިއާ ރަންބީރާއި ލޯބީގެ ގޮތުން ގުޅި ރަންބީރުގެ އާއިލާ އާއި އެކު ގިނަ ވަގުތުުތަކެއް ހޭދަ ކުރަމުންދާ ވާހަކަ އަކީވެސް ކޮންމެ ދުވަހަކު ނޫސްތަކަށް އަރާ ވާހަކަތަކެކެވެ.

މިހާރު އެންމެ ގަދައަށް ދެކެވުމުން ދަނީ އެ ދެމީހުންގެ ސަޕޯޓަރުން މާ ރީތި ނަމެއް ކިޔާ ވާހަކަ އެވެ. އާލިއާ އާއި ރަންބީރަށް ދެމީހުންގެ ސަޕޯޓަރުން ކިޔަނީ "ރަލިއާ" އެވެ. އެ ދެމީހުންގެ ނަން ގުޅުވާލާފައި ކަމަށްވެ އެވެ.

މިކަމާ ގުޅޭގޮތުން ރަންބީރާއި ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ބުނީ އެހެން ކިޔަސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ރަންބީރު ވަނީ ސީދާ އެހެން ކިޔަނީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް ބުނަން ދެކޮޅު ހަދާފައި އެވެ. ރަންބީރު ބުނެފައިވަނީ ސަޕޯޓަރުން އެހެން ކިޔަނީ އެ ދެމީހުން މިހާރު އެކުގައި ކުޅެމުންދާ ފިލްމު "ބްރަހްމާސްތްރާ" އާއި ގުޅުވައިގެން ކަމަށް ވެދާނެ ކަމަށެވެ.

މިއީ މިގޮތަށް ބޮލީވުޑްގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތަރިންނަށް ގުޅުވައިގެން ސަޕޯޓަރުން ނަން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު އެ ދެމީހުންނަށް ކިޔަނީ "ސައިފީނާ" އެވެ. އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޮއްލީ އަށް ކިޔަނީ "ވިރުޝްކާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް