12 ގަޑިއިރު ތެރޭގައި ކަނޑުމަތީގެ ތިން ހާދިސާ - ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ ފާއިތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ތ...

01 Jul 2017 | 17:26

ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ފާއިތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ތިން ހާދިސާއެއް ހިނގާފައިވާތީވެ، ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ޚާއްޞަގޮތެއްގައި ދަތުރަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އިދާރާއިން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި އުޅަނދުތަކުގައި ދަތުރު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު  191 އާއި ގުޅުއްވުން އެމްއެންޑީއެފުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް