ޗާލާ ބާޒާރުގެ މި ސޭޓު ބުނަނީ ދިވެހިންނަށް އެންމެ ކަމުދަަނީ ބުރުގާ ޕިން ކަމަށް !

އަވަށްޓެރި އިންޑިއާގެ ތިރުވަނަންތަޕޫރަމް އަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ޗާލާ ބާޒާރަކީ އާ ތަނަކަށް ނުވާނެ އެވެ. އެއީ ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކުގައި އިންޑިއާއަށް ދާ ދިވެހިންގެ މެދުގައި ...

01 Jul 2017 | 16:12

އަވަށްޓެރި އިންޑިއާގެ ތިރުވަނަންތަޕޫރަމް އަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ޗާލާ ބާޒާރަކީ އާ ތަނަކަށް ނުވާނެ އެވެ. އެއީ ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކުގައި އިންޑިއާއަށް ދާ ދިވެހިންގެ މެދުގައި މަގްބޫލު ވިޔަފާރި މަންޒިލެކެވެ. ހަމަ އެފަދައިން ޗާލާ ބާޒާރުގެ އަލް ހާދީ ފިހާރައަކީވެސް ދިވެހިންނަށް އައު ފިހާރައަކަށް ނުވާނެ އެވެ.

މިއީ ޗާލާ ބާޒާރުގެ އަލް ހާދީ ފިހާރައިގެ ސޭޓުކަން ކުރަމުން އަންނަ ނައުފަލްގެ އިންޓަވިއު އެކެވެ. އިއްޔެގެ ވަގުތެއްގައި މި އިންޓަވިއު ޝާޢިއު ކޮށްފައިވަނީ ދަ ހިންދޫ ނޫހުގަ އެވެ.

އެ އިންޓަވިއުގައި މައިގަނޑުގޮތެއްގައި އޮތީ އެ ފިހާރައިން ލިބެން ހުންނަ ސާމާނާއި ބައެއް އަގުތަކާއި ނައުފަލްގެ އަމިއްލަ ހަޔާތާއި ބެހޭ ބައެއް މައުލޫމާތެވެ. ނައުފަލް ބުނެފައިވާގޮތުގައި އޭނާ އެ ފިހާރައިގާ މަސައްކަތް ކުރަމުން އަންނަތާ 12 އަހަރުވެއްޖެ އެވެ.

އެ އިންޓަވިއުގައި "މަފްތާ ޕިން" ނަމަކަށް ކިޔާ ޕިނެއްގެ މޮޅުވާހަކަ ނައުފަލް ދައްކާފައި ވެ އެވެ. އެ ވާހަކަ ދައްކާފައިވަނީ ދިވެހިންނާއި ގުޅުވައިގެންނެވެ. ނައުފަލް ބުނެފައިވަނީ އެވައްތަރުގެ ޕިނަކީ ދިވެހީންގެ މެދުގައި އިންތިހާއަށް މަގްބޫލު ޕިނެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު ދިވެހިންގެ ސީޒަނެއް އެ ބާޒާރަށް އަންނާނެ ކަމަށާއި އެ ސީޒަނުގައި ދިވެހިން އައިސް ބާޒާރު ފުރާލާނެ ކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް