މަސީހުގެ ވޯޓަށް މެމްބަރު ލަތީފުގެ ޝަރުތަކީ ނާޒިމް މިނިވަން ކުރުން

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މިނިވަން ކުރުމަށާއި ނާޒިމް މިނިވަން ނުކޮށްފި ނަމަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދެވަނަ ވިސްނުމަކަށް ވަޑައިގަނ...

01 Jul 2017 | 15:42

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މިނިވަން ކުރުމަށާއި ނާޒިމް މިނިވަން ނުކޮށްފި ނަމަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަތީފުވަނީ މަޖިލީހަށް ލަތީފު ހޮވުމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެއް އިންތިހާބު ކުރުމަށް ވެސް ކާނަލް ނާޒިމް ކުރައްވާފައިވާ ހޭދަތައް މަދު ނޫން ކަމަށް ވިދާޅުވެފައެވެ. ސަރުކާރު ގެނައުމަށް ގާސިމް އިބްރާހީމް ފިޔަވާ ދެން އެންމެ ބޮޑު ގުރުބާނީއެއްވީ ނާޒިމް ކަމަށް ވެސް ލަތީފު ވިދާޅުވެފައިވެއެވެ.

މަސީހުގެ މައްސަލާގައި ޕީޕީއެމްގެ ވައިބަ ގުރޫޕުގައި ލަތީފުވަނީ މަސީހަށް ވޯޓު ދޭން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރިން ވިދާޅުވެފައެވެ. އަދި މަސީހަށް ވޯޓު ނުދީގެން އޭނާގެ އަތުން އަތުލާނެ ޕްރޮޖެކްޓެއް ވެސް ސިޔާސީ މަގާމެއް ވެސް ނެތް ކަމަށް ލަތީފުވަނީ ވިދާޅުވެފައެވެ. ނަމަވެސް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

"އެހެންވީމާ މިހާރުން މިހާރަށް ވެސް ނާޒިމް ދޫކޮށްލާނެ ކަމުގެ ފެހި ސިގްނަލް ދިނަސް ނުވަތަ ނާޒިމް މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދިނަސް އަޅުގަނޑުގެ ވޯޓު މަސީހަށް ކަށަވަރުވާނެ. ނާޒިމް ދޫކޮށްލާނެ ކަމުގެ ފެހި ސިގްނަލް ނުލިބޭ ނަމަ އަޅުގަނޑު ދެވަނަ ވިސްނުމަކަށް ދާނަން،" ލަތީފު ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހުންނެވި ލަތީފު މިހެން ވިދާޅުވެފައިވަނީ މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް