މާދަމައިން ފެށިގެން ފިހާރަތަށް ރޭނގަނޑު ދިހައެއް ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު ބާރަ ޖަހާއިރު ބަންދުކުރަން ޖެހޭނެކަމުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެއީ ރޯދައިގެ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިތަކެވެ. ގަޑިތަކަށް ބަދަލު ގެނައީ ރޯދަ މަހަށެވެ. ރޯދަ މަހަށް އެގޮތަށް ނިންމީ ރަމަޟާން މަހު އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރޯދަ މަހު ފިހާރަތަށް ބަންދުކުރާ ގަޑި ރޭގަނޑު އެގާރަ ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފަތިހު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އޮތީ ހަމަޖައްސާފައެވެ. އަދި ހަ ރޯދަ ނިމެންދެން އެގޮތަށް އޮތުމަށްފަހު މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން އަވަހަށް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.
އެކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ މި އުސޫލާއި ޚިލާފްވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް