ގޮނޑީގައި އިށީނދެ ތިބުމުގެ ބަދަލުގައި ޕަސިންޖަރުން ކޮޅަށްތިބެ ދަތުރު ކުރުމާއިމެދު ކޮލަމްބިއަންގެ އެއަރލައިނެއް ކަމުގައިވާ ވީވާ ކޮލަމްބިއާއިން ވިސްނަމުން އަންނަ ކަމުގައި އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ ފްލީޓަށް އެއަރބަސް 320 ގެ އިތުރު 50 ފްލައިޓް އިތުރުކުރުމަށްފަހު އެ ކުންފުނިން މުސްތަގްބަލަށް ވިސްނަމުން އަންނަ ވިސްނުންތައް ހާމަކުރަމުންނެވެ.
އެ އެއަރލައިނުން ބުނެފައިވަނީ ކޮޅަށްތިބެ ފްލައިޓް ދަތުރު ކުރުމާއިމެދު ބައެއް ފަރާތްތަކުން މިހާރު ދިރާސާތައް ކުރަމުން އަންނަ ކަމަށާއި އެ ދިރާސާތަކުގެ އަލީގައި ކޮޅަށް ތިބެ ދަތުރު ކުރެވޭގޮތަށް ބަދަލު ކުރެވޭނަމަ ޓިކެޓްގެ އަގު އިންތިހާއަށް ކުޑަކުރެވިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް