ލަވައެއް ކުޅުމަށް ޖެކޮލިން 70 ގަޑިއިރު ޕްރެކްޓިސް ކޮށްފި

ބޮލީވުޑް ބަތަލާ ޖެކޮލިން ފަނޭންޑަޒް ލަވައެއް ކުޅުމަށް 70 ގަޑިއިރު ޕްރެކްޓިސް ކޮށްފި އެވެ. ޕްރެކްޓިސް ކޮށްފައިވަނީ މިހާރު ކުޅެމުން އަންނަ "ޖުޑްވާ 2"ގެ "އޫޗީ ހޭ ބިލްޑިންގް" މި ލަވައަށެވެ. ޖުޑްވާ 2 އަކީ ...

01 Jul 2017 | 06:26

ބޮލީވުޑް ބަތަލާ ޖެކޮލިން ފަނޭންޑަޒް ލަވައެއް ކުޅުމަށް 70 ގަޑިއިރު ޕްރެކްޓިސް ކޮށްފި އެވެ. ޕްރެކްޓިސް ކޮށްފައިވަނީ މިހާރު ކުޅެމުން އަންނަ "ޖުޑްވާ 2"ގެ "އޫޗީ ހޭ ބިލްޑިންގް" މި ލަވައަށެވެ.

ޖުޑްވާ 2 އަކީ 1992 ގައި ސަލްމާން ޚާންގެ ޑަބަލް ރޯލް ފެނިގެންދިޔަ "ޖުޑްވާ" މި ފިލްމުގެ ސީކުއެލް އެކެވެ. ޖުޑްވާ 2 ޑައިރެކްޓް ކުރަނީ ވެސް ޑޭވިޑް ދަވަން އެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ކުރީގެ ފިލްމު "ޖުޑްވާ"ގެ ދެ ލަވައެއް "ޖުޑްވާ 2"ގައި ހިމެނުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން އެއް ލަވައަކީ "އޫޗީ ހޭ ބިލްޑިންގ އެވެ. އަނެއް ލަވަ އަކީ "ޓަން ޓަނާ ޓަން" އެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށްގެންދަނީ އިންޑިއާގައްޔާއި ނެދަލެންޑްގަ އެވެ.

"ޖުޑްވާ 2" ގައި ޑަބަލް ރޯލް ކުޅެނީ ވަރުން ދަވަން އެވެ. އަންހެން ދެ ތަރިންގެ ރޯލު އަދާކުރަނީ ޖެކޮލިން އާއި ތާޕްސީ މަންނޫ އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް