އަލިފުއްޓަށް އަލުން ކަރަންޓް ދޭން ފަށައިފި

ހަތަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރ އަލިފުއްޓަށް ކަރަންޓްގެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ. އަލުން ކަރަންޓް ދޭން ފަށާފައިވަނީ 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމ...

01 Jul 2017 | 05:55

ހަތަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރ އަލިފުއްޓަށް ކަރަންޓްގެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ.

އަލުން ކަރަންޓް ދޭން ފަށާފައިވަނީ 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށްފަހުގަ އެވެ. ޕީއެސްއެމަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނެފައިވަނީ 2800 މީހުންގެ އާބާދީއެއް އޮންނަ އަލިފުއްޓަށް އަލުން ކަރަންޓް ދޭން ފަށާފައިވަނީ މިއަދު ހެނދުނު 06:00ގައި ކަމަށެވެ. އަލުން ކަރަންޓް ދޭން ފެށިފައިމިވަނީ ރައްޔިތުންނާއި ކައުންސިލާއި ފެނަކް ކޯޕަރޭޝަން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

ކަރަންޓްގެ ހިދުމަތް އަލުން ދޭން ފަށާފައިވާއިރު އަލިފުށީ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން 200 ކިލޯވޮޓްގެ ޖަނަރޭޓަރެއްވެސް ފޮނުވާފައި ވެ އެވެ. ނަމަވެސް އެ ޖަނަރޭޓަރު ބޭނުންކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް