އަތޮޅު ތެރެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގްރީން ލައިމެޓު ފަންޑުން ރާއްޖެއަށް ތިން މިލިއަން ޑޮލަރު ދީފި އެވެ.
ގްރީން ކައިމެޓު ފަންޑަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" ގެ ދަށުން ގާއިމްކޮށްފައިވާ ފަންޑެކެވެ. މި ފަންޑުން އެހީދޭންފެށި މިއީ ފުރަތަމަ ފަހަރެވެ.
އެ ފަންޑުން ބުނެފައިވަނީ ފުރަތަމަ ބުރުގައި ތިން މިލިއަން ޑޮލަރު ރާއްޖެއަށް ދިން ނަމަވެސް އަތޮޅު ތެރޭގައި ރަނގަޅު ބޯފެނުގެ ނިޒާމެއް ގާއިމް ކުރުމަށް ޖުމްލަ 23.6 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފައިސާ ހަރަދު ކުރާނީ ކުރިޔަށް އޮތް ފަސް އަހަރަށް ޔޫއެންޑިޕީން އަތޮޅު ތެރޭގައި ހިންގާ ސާފު ބޯފެން ފޯރުކޮށް ދިނުމުގެ މަޝްރޫއު އަކަށެވެ.
މި މަޝްރޫއުގެ ދަށުން 49 ރަށަކަށް ދާއިމީކޮށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. ކްލައިމެޓު ފަންޑުން ދޭ ފައިސާ ޔޫއެންޑީޕީ އާއި ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުއަށް ބޭނުންވާ އިތުރު ފައިސާ ހަރަދު ކުރާނީ ޔޫއެންޑީޕީންނާއި ދިވެހި ސަރުކާރުންނެވެ.
ރާއްޖޭގެ އިތުރުން އެ ފަންޑުން ވަނީނެމީބިއާއާއި ވަނައުޓޫއަށް ވެސް ފައިސާ ދޫކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް