ފަންޑިތަ ހަދާ ކަމަށް ބުނެ ބަފައިބެއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

ށ. ޅައިމަގުގަ އުމުރުން ދުވަސްވީ މީހަކު ފަންޑިތަ ހަދާ ކަމަށް ބުނެ އޭނާގެ ޅީދަރިފުޅު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ. އިތުބާރު ހުރި ފަރާތަކުން ދުވަހަށް މައުލޫމަތު ދިން ގޮތުގައި އުމުރުން 80 ވަރަކ...

01 Jul 2017 | 04:05

ށ. ޅައިމަގުގަ އުމުރުން ދުވަސްވީ މީހަކު ފަންޑިތަ ހަދާ ކަމަށް ބުނެ އޭނާގެ ޅީދަރިފުޅު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އިތުބާރު ހުރި ފަރާތަކުން ދުވަހަށް މައުލޫމަތު ދިން ގޮތުގައި އުމުރުން 80 ވަރަކަށް އަހަރުގެ އެ ފިރިހެން މީހާ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ ޅައިމަގުގައި އޭނާގެ ދަރިއަކާ އިނދެގެން ދިރިއުޅޭ އެހެން ރަށެއްގެ އަންހެނެކެވެ. މި މައްސަލަ އެ އަންހެން މީހާ ފުލުހުންނަށް ހުށަހެޅީ އެ ދެމީހުންނަށް ބަފައިބެ ފަންޑިތަ ހަދާ ކަމަށް ބުނެ އެވެ.

އެކަމަކު އެ އާއިލާއިން އެކަން ދޮގު ކުރެ އެވެ. އާއިލާ މީހަކު ދުވަހަށް މައުލޫމަތު ދެމުން ބުނެފައިވަނީ އެފަދަ ރިޕޯޓެއް އަންހެން މީހާ ނުކުރާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ ޅައިމަގަށް ގޮސް އެމީހާ ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން އުމުރުން ދުވަސްވީ މީހާ ދިރިއުޅޭ ގެ ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަދި ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހާ ގެންގުޅު ފޮތްތަކެއްގެ ތެރެއިން ފަންޑިތަ ހަދަން ބޭނުން ކުރާ ކަމަށް ޝައްކު ކުރެވޭ ދެ ފޮތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގަ އެ ފިރިހެން މީހާ ހައްޔަރުކޮށްފައެއް ނުވެ އެވެ

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް