މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސަރޮގޭޓް ކޮށްގެން ހޯދި އެއްމާބަނޑު ދެކުދިންގެ ފޮޓޯ އާއްމު ކޮށްފި އެވެ. ފޮޓޯ އާއްމުކޮށްފައިވަނީ ފޭސްބުކްގަ އެވެ.
ފޮޓޯގައި ފެންނަނީ ރޮނާލްޑޯ އެ ދެކުދިން އުރާލައިގެން އިންނަ މަންޒަރެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކީ އަންހެން ކުއްޖެކެވެ. ދެކުދިންނަށް ދީފައިވާ ނަމަކީ އީވާ އަދި މަޓޭއޯ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސަރޮގޭޓް ކޮށްގެން ދަރިން ހޯދުމަކީ މަޝްހޫރު ތަރިންގެ މެދުގައި މި ފަހަކަށް އައިސް އާއްމުވެފައިވާކަމެކެވެ. ހާއްސަކޮށް ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި މިކަން ބޮޑުކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް