ފްރާންސްގެ މިސްކިތެއްގެ ތެރެއަށް ކާރުގައި ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ މިސްކިތެއްގެ ތެރެއަށް ކާރެއްގައި ވަންނަން އުޅުނު މީހަކު އިއްޔެ ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވަނީ މިސްކިތުގައި ތިބި މުސްލިމުންތަކެއ...

01 Jul 2017 | 01:00

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ މިސްކިތެއްގެ ތެރެއަށް ކާރެއްގައި ވަންނަން އުޅުނު މީހަކު އިއްޔެ ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވަނީ މިސްކިތުގައި ތިބި މުސްލިމުންތަކެއް އެކަން ރިޕޯޓް ކުރުމުންނެވެ. ކާރުގައި މިސްކިތަށް ވަންނަން އުޅުނު މީހާއަށް އެކަން ކާމިޔާބެއް ނުވެ އެވެ. ވަންނަން އުޅުމުގެ ތެރޭގައި، މިސްކިތު ބޭރުގައި ހުރި ދެ ތަނބު ދޭތެރޭގައި ކާރު ތާށިވީ އެވެ. ކާރު ތާށިވުމުން ދުއްވަން އިން މީހާ ދުވެ ފިލި ނަމަވެސް ފުލުހުން ވަނީ އޭނާ ހޯދައި ހައްޔަރު ކޮށްފަ އެވެ.

ފްރާސްގެ ފުލުހުން ހާމަކޮށްފައިވާގޮތުގައި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. އަރުމޭނިއާއަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. އެއީ އޭނާގެ ކާރު ކަމަށް އެއްބަސްވެފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައި ފްރާންސްގެ ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް