ސީރިޔާގެ ރައްޤާގެ އަވަށެއް ކަމުގައިވާ އަލް ސީނާ އަނެއްކާވެސް އައިއެސްގެ ކޮންޓްރޯލްގެ ދަށަށް ގޮސްފި އެވެ.
މެދުއިރުމަތީގެ މަސްރަހު ގާތުން ބަލަމުން އަންނަ ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ އެ އަވަށް އައިއެސްގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެއީ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) އަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.
"އައިއެސް އިން އެސްޑީއެފްއަށް ހަމަލާދިނީ އެއްބަޔަކު ޖާނުން ފިދާވެގެން، ބޮމުންނާއި ޑްރޯން ހަމަލާތަކުން، ޓަނަލްތައްވެސް ބޭނުންކުރި" ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައި ވެ އެވެ.
އެ ޖަމިއްޔާއިން އިތުރަށް ހާމަކޮށްފައިވާގޮތުގައި އައިއެސްއިން އެސްޑީއެފަށް ހަމަލާދިނުމުގައި އެސްޑީއެފްގެ ޔުނީފޯމު އަޅައިގެން އޮޅުވާލުމުގެ ކަންތައްތަކެއްވެސް ކޮށްފައި ވެ އެވެ.
މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އަލް ސީނާގެ ކޮންޓްރޯލް އެސްޑީއެފަށް ގެއްލުމަކީ ރައްގާއިން އައިއެސް ފައްސާލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެސްޑީއެފަށް ލިބުނު ބޮޑު ނާކާމިޔާބީ އެކެވެ. އެސްޑީއެފުން ރައްގާއަށް ވަދެ އައިއެސްއާއި ހަމަލާތައް ބަދަލުކުރަން ފަށާފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގަ އެވެ. އެސްޑީއެފް އަކީ ސީރިޔާގެ ރައީސަށް ވާގިވެރިވާ ހަނގުރާމަވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް