މޯސުލްގައި ހަމަލާތައް ވަރުގަދަވެފައިވާއިރު ސަލާމަތް ހޯދުމަށް އާންމުން ހިޖުރަކުރަން ފަށައިފި

އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ މޯސުލްގައި އިރާގު ސިފައިންނާއި އައިއެސް ޖަމާއަތާއި ދެމެދު ހަމަލާތައް ވަރުގަދަވެފައިވާއިރު މޯސުލްގެ އެތައް ސަތޭކަ ބަޔަކު މޯސުލް ދޫކޮށް ހިޖުރަ ކުރަން ފަށާފ...

30 Jun 2017 | 23:22

އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ މޯސުލްގައި އިރާގު ސިފައިންނާއި އައިއެސް ޖަމާއަތާއި ދެމެދު ހަމަލާތައް ވަރުގަދަވެފައިވާއިރު މޯސުލްގެ އެތައް ސަތޭކަ ބަޔަކު މޯސުލް ދޫކޮށް ހިޖުރަ ކުރަން ފަށާފައިވާކަމުގައި އެ ސަރަހައްދުގެ ކަންކަން މޮނީޓަރ ކުރަމުން އަންނަ ފަރާތްތަކުން ބުނެފި އެވެ.

މޯސުލްގައި ހަމަލާތައް ވަރުގަދަ ކުރަން ފަށާފައިވާތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު އިރާގު ހަނގުރާމަވެރިން އިއްޔެވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެއީ މޯސުލްގެ އަލް ނޫރީ މިސްކިތް ހިމެނޭ ސަރަހައްދު އައިއެސްގެ ކޮންޓްރޯލް ދަށުން އަތުލުމެވެ. އެ ސަރަހައްދު އިރާގު ސިފައިންނަށް އަތުވެފައިވަނީ އަށް މަސް ފަހުންނެވެ. އެ ސަރަހައްދު އަތުވުމާއެކު އިރާގުގެ ރައީސް ހައިދަރު އަލް އާބާދީ ބުނެފައިވަނީ އައިއެސް މިހާރު އެވަނީ ބަލިވެފައި ކަމަށެވެ.

ނަމަވެސް އަދިވެސް މޯސުލްގައި ބޮޑު ސަރަހައްދެއް އައިއެސްގެ ކޮންޓްރޯލް ދަށުގައިވާކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެ އެވެ. މޯސުލްއިން އައިއެސް ފައްސާލުމަށް އިރާގު ސިފައިން މަސައްކަތް ކުރަމުން އަންނައިރު އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނަމުން އަންނަނީ ހަމަލާތަކާއި ގުޅިގެން ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެ ސަރަހައްދަށް ސަޕްލައި ނުކުރެވޭ ކަމަށެވެ. އަދި ދާދި އަވަހަށް އެ ސަރަހައްދުން ފެން ހުސްވެދާނެ ކަމުގެ ބިރުވެސް ބޮޑު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް