މި އަހަރުގެ އޮސްކާ އެކަޑެމީ އަށް އައު ފަރާތްތަކަށް ދައުވަތު ދީފައިވަނީ ރެކޯޑް އަދަދަކަށް

މިއަހަރުގެ އޮސްކާ އެކަޑަމީގެ މެމްބަރުންނަށްވުމަށް ރެކޯޑު އަދަދަކަށް އައު ފަރާތްތަކަށް ދަޢުވަތުދީފި އެވެ. މުޅިއަކު 57 ޤައުމަކުން ޖުމްލަ 774 އައު ފަރާތަކަށް ދަޢުވަތުދީފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑް...

30 Jun 2017 | 23:05

މިއަހަރުގެ އޮސްކާ އެކަޑަމީގެ މެމްބަރުންނަށްވުމަށް ރެކޯޑު އަދަދަކަށް އައު ފަރާތްތަކަށް ދަޢުވަތުދީފި އެވެ.

މުޅިއަކު 57 ޤައުމަކުން ޖުމްލަ 774 އައު ފަރާތަކަށް ދަޢުވަތުދީފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްޙޫރު 14 ފަރާތްތެއްވެސް ހިމެނެ އެވެ.

ބޮލީވުޑުން ދަޢުވަތު ލިބުނު ފަރާތްތަކުގެ ތެރޭގައި، އަމީތާބް ބައްޗަން، އައިޝްވާރިޔާ ރާއީ ބައްޗަން، އާމިރް ޚާން، ސަލްމާން ޚާން، ޕްރިޔަންކާ ޗޯޕްރާ، އިރްފާން، އަދި ދިޕިކާ ޕަދުކޮނީގެ އިތުރުން ބޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި ލިޔުންތެރިންނާއި ޑިޒައިނަރުން ހިމެނެ އެވެ.

އޮސްކާ އެކަޑަމީ ނުވަތަ އެކަޑަމީ އޮފް މޯޝަން ޕިކްޗާރ އާރޓްސް އެންޑް ސައިންސެސް އަކީ ފިލްމީ ދާއިރާ ކުރިއެރުވުމަށް ހިތްވަރުދިނުމަށް މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ފިލްމީ ދާއިރާއަށް ޚާއްޞަކޮށް އެކި ކަހަލަ ތަފާތު އެވޯޑުތައްދެ އެވެ. އޭގެތެރެއިން އެންމެ މަޝްޙޫރު އެވޯޑަކީ ދަ އޮސްކާ އެވޯޑްސް އެވެ.

އޮސްކާ އެޑަމީގެ މެމްބަރަކަށްވުމުން އެ ޖަމިއްޔާ ބާއްވާ އެކި އެވޯޑުތަކަށް ވޯޓުދިނުމުގެ ފުރުޞަތު ލިބޭނެ އެވެ.

އޭގެ އިތުރުން މި އަހަރު އަލަށް ދަޢުވަތު ލިބުނު ފަރާތްތަކުގެ ތެރޭގައި ވޮންޑާ ވުމަންއިން ފެނިގެންދިޔަ ތަރި ގަލް ގަޑޮޓްއާއި، ނައޯމީ ހެރިސް، ކްރިސް ހެމްސްވޯތް، ރިޒް އަޙްމަދު، އަދި ކްރިސް ޕްރެޓްފަދަ މަޝްޙޫރު ތަރިން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް