މި ފަސް ރަހުމަތްތެރިން އެއް ޕޯޒްއެއްގައި ފޮޓޯނަގާތާ 35 އަހަރު

އެމެރިކާގެ ސެންޓަ ބަރްބަރާ ހައި ސުކޫލްގައި ކިޔެވި ފަސް ރަޙުމަތްތެރިޔަކު 35 އަހަރުވަންދެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ހަމަ އެއް ފޮޓޯއެއް އެއްގޮތަކަށް އެއް ތަނެއްގައި ނަގައިފި އެވެ. ކެލިފޯރނިއާ ...

30 Jun 2017 | 22:59

އެމެރިކާގެ ސެންޓަ ބަރްބަރާ ހައި ސުކޫލްގައި ކިޔެވި ފަސް ރަޙުމަތްތެރިޔަކު 35 އަހަރުވަންދެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ހަމަ އެއް ފޮޓޯއެއް އެއްގޮތަކަށް އެއް ތަނެއްގައި ނަގައިފި އެވެ.

ކެލިފޯރނިއާ އޮރިގޮން ބޯރޑާ ކައިރީގައި އޮންނަ ކޮޕްކޮ ލޭކްގައި ހުންނަ ކެބިން ބެންޗެއްގައި ނަގާފައިވާ މި ފޮޓޯތަކުގެ އެންމެ ފުރަތަމަ ފޮޓޯ  ނަގާފައިވަނީ 1982 ގަ އެވެ.

މީގެ ފަސް އަހަރުކުރިން ސީއެންއެން އިން އެ ފަސް ރަޙުމަތްތެރިންގެ ފޮޓޯތަކުގެ ވާހަކަ ގެނެސްދިނުމުން އެ ފަސް މީހުނަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އޭގެފަހުން ދުނިޔޭގައި ނަން ހިނގާ އެކި ނޫސްތަކާއި، ޓީވީ، އަދި ރޭޑިއޯތަކަށް އެ ފަސް މީހުން އިންޓަރވިއުތައްވެސް ދީފައިވެ އެވެ.

ފޮޓޯގުރާފީއަށް ލޯބިކުރާ އެ ފަސް ރަޙުމަތްތެރިންގެ ތެރެއިން ތިން މީހަކު މިހާރު މީހުނާއި އިނދެގެން ކުދިންވެސް ލިބިފަ އެބަތިއްބެވެ.

އެ ފަސް ރަޙުމަތްތެރިންގެ އުންމީދަކީ އެ މީހުން މަރުވަންދެން ކޮންމެ ފަސް އަހަރަކު އެއް އަހަރު ހަމަ އެގޮތައް އެއްތަނެއްގައި އެ ފޮޓޯނެގުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް