އެނގޭތަ، މިއަދަކީ ކުލަ ޓީވީއަށް 50 އަހަރު ފުރުނު ދުވަސް

އެނގޭހެއްޔެވެ. ގިނަ އަހަރުތަކެއް ވަންދެން ބަލަމުންއައި ކަޅާއި ހުދުގެ ޓީވީ ސްކްރީން، ކުލަ ސްކްރީއަކަށް ބަދަލުވިތާ މިއަދު މިވަނީ 50 އަހަރު ފުރިފަ އެވެ. އެންމެ ފުރަތަމަ ކުލަކޮށް ޓީވީއިން ބްރޮޑްކާސްޓުކުރަ...

30 Jun 2017 | 22:38

އެނގޭހެއްޔެވެ. ގިނަ އަހަރުތަކެއް ވަންދެން ބަލަމުންއައި ކަޅާއި ހުދުގެ ޓީވީ ސްކްރީން، ކުލަ ސްކްރީއަކަށް ބަދަލުވިތާ މިއަދު މިވަނީ 50 އަހަރު ފުރިފަ އެވެ.

އެންމެ ފުރަތަމަ ކުލަކޮށް ޓީވީއިން ބްރޮޑްކާސްޓުކުރަން ފެށީ އިނގެރޭސިވިލާތުގެ ޓީވީއެއް ކަމަށްވާ ބީބީސީ 2 އިންނެވެ. 1 ޖުލައި 1967 ގައި ބީބީސީ 2 އިން ގެނެސްދިން އާރްޓް ޝޯ ލޭޓް ނައިޓް ލައިން އަޕް ގައި ކުލަ ޓީވީ ޓްރާންމިޝަން ތަޢާރަފްކޮށްދެއްވީ މަޝްޙޫރު ވާހަކަ ލިޔުންތެރިޔާ އެންތޮނީ ބާރގަސް އެވެ.

އެންތޮނީ ބުނީ އޭނާއާއެކު އެ ރޭ އެ ޝޯގައި ބައިވެރިވި އިތުރު ވާހަކަ ލިޔުންތެރިޔެއް ކަމުގައިވާ އެންގަސް ވިލްސަން، ކްރިޓިކް ޖޮނަތަން މިލާގެ އިތުރުން އެ ޝޯ ހުށަހަޅާދޭން އިން ހޮސްޓަށްވެސް ކެތްމަދުވެފައި ހުރިވަރުން ގޮނޑީގައި ތިބެވުނީ ހަމަ ކިރިޔަ ކިރިޔާކަމަށެވެ.

މުޅި އިނގެރޭސިވިލާތައް ލިބޭގޮތައް ކުލަކޮށް ބްރޯޑްކާސްޓުކުރަން ފެށީ އެ ދުވަހު މެންދުރުފަހު ދެއެއް ޖެހިއިރު އެވެ. އެ ވަގުތު ގެނެސްދިނީ އިނގެރޭސިވިލާތުގެ ސެންޓަރ ކޯޓުގައި ކުޅުނު ވިމްބުލެޑަން މެޗެކެވެ.

މިއަދު ކުލަ ޓީވީގެ މަގުބޫލުކަން ކިތައްމެ ބޮޑަސް މިހާރުވެސް އިނގެރޭސިވިލާތުގައި ކަޅާއި ހުދު ކުލައިގެ ޓީވީ 8000 އަށްވުރެ ގިނަ މީހުން ބަލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް