އެންމެ އަލިގަދަ ތަރީގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މިއަހަރު ކާމިޔާބު ކުރި ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ގްރީންހެވަން މުޙައްމަދު އިސްމާޢީލަށް  އަދި މި އަހަރުގެ މުބާރާތުން ދެވަނަ ހާސިލް ކުރި ގަލޮޅު ޖޫލިއަޓްގޭ ފ...

30 Jun 2017 | 22:33

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މިއަހަރު ކާމިޔާބު ކުރި ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ގްރީންހެވަން މުޙައްމަދު އިސްމާޢީލަށް  އަދި މި އަހަރުގެ މުބާރާތުން ދެވަނަ ހާސިލް ކުރި ގަލޮޅު ޖޫލިއަޓްގޭ ފާޠިމަތު މަލްދާ މުޙައްމަދަށާއި، ތިންވަނަ ހާސިލް ކުރި މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ނަސީމީގޭ ނަސްރަތު އިސްމާޢީލަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

ރޭ ބޭއްވި މިއަހަރުގެ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ގްރޭންޑް ފިނާލޭ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. އެގޮތުން، މިއަހަރުގެ މުބާރާތް ކާމިޔާބުކުރެއްވި މުޙައްމަދު އިސްމާޢީލަށް އިނާމު ހަވާލުކޮށްދެއްވީ އެކަމަނާއެވެ.

އެންމެ އަލިގަދަ ތަރީގެ އެއްވަނައަށް ޕީ.އެސް އެމުން ފަސްލައްކަ ރުފިޔާފެ ފައިސާގެ އިނާމް ހުށައަޅާފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާގެ ދެނަކަނަބަލުން ދެއްވާ އިނާމާއި، އިސްލާމީ ޔުނިވަރސިޓީން ބޭނުންދާއިރާއަކުން މާސްޓާސް ހެދުމުގެ ފުރުސަތާއި، އެއްވަނައަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ހުށައަޅާފައިވާ އުމްރާ ދަތުރާއި، މޯލްޑިވިއަންގެ ފަރާތުން ޗެންނާއި ދެކޮޅު ޓިކެޓާއި، އަމިއްލަ ފަރާތްތަކުން ހުށައަޅާފައިވާ އެކި އެކި އިނާމްތައް ހިމެނެއެވެ.

ޕީއެސްއެމްއިން ހާމަކުރާގޮތުގައި "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޕްރޮގްރާމަކީ، ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާ މެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ޕީ.އެސް.އެމް. އިން ގެނެސްދޭ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް