މާލޭ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރަށް ދޯންޏެއް އަރައި އަޑިއަށް ގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 9:15 ހާއިރު އެވެ. "ސައުތް 5" ނަމަކަށް ކިޔާ ދޯންޏަކީ މަސްވެރިކަން ކުރާ ދޯންޏެކެވެ..
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ދޯނި ނެރަށް އެރި އިރު ދޯނީގައި ހަތް މީހުން ތިބި ކަމަށެވެ، އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އޭބާ ވިދާޅުވީ ދޯނީގެ ވެރި ފަރާތާއި ސިފައިން ގުޅިގެން ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް