ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު އާންމުން ވެގެން ހިފަހައްޓައިފި

މިރޭ މާލޭ ފިހާރައަކުން ފެން ކޭހެއް ވަގަށް ނަގަން އުޅުނު މީހަކު އާންމުންވެގެން ހިފަހައްޓައިފި އެވެ. ފުލުހުން ބުނެފައިވަނީ މިރޭ 8:38 ހާއިރު މާފަންނު ދަކަނދާ މަގާއި ބްލޫކިޔާ މަގާއި ގުޅޭ ހިސާބުގައި ހުރި ފ...

01 Jun 2019 | 17:27

މިރޭ މާލޭ ފިހާރައަކުން ފެން ކޭހެއް ވަގަށް ނަގަން އުޅުނު މީހަކު އާންމުންވެގެން ހިފަހައްޓައިފި އެވެ.

ފުލުހުން ބުނެފައިވަނީ މިރޭ 8:38 ހާއިރު މާފަންނު ދަކަނދާ މަގާއި ބްލޫކިޔާ މަގާއި ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނަގަން އުޅުނު މީހަކު އާންމުން ވެގެން ހިފަހައްޓާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ ފިހާރައިން ވައްކަން ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެއެވެ.

އާންމުން ވަނީ އެމީހާ ހިފަހައްޓައި ބުރަކަށީގައި ބޮޑުކޮށް "ވަގު" މިހެން ލިޔެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް