ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ރާއްޖޭގެ ދެ ރިސޯޓަކުން ރޯދަވީއްލުން ދީފިއެވެ.
އެގޮތުން ދެ ދުވަހު ދެ ރޯދަވީލުން ދީފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓާއި އަދާރަން ރިސޯޓް ހުދުރަންފުށިންނެވެ.
https://twitter.com/Min_Gender/status/1134842178402889728
އަދާރަން ރިސޯޓުން އެ ކުދިންނަށް ރޯދަވީއްލުން ދީފައިވަނީ އިއްޔެ އެވެ. އަދި ކުރުނބާ މޯލްޑިވްސް އިން އެ ކުދިންނަށް ރޯދަވީއްލުން ދީފައިވަނީ މިއަދު އެވެ.
https://twitter.com/Min_Gender/status/1134516983582478336
ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ދެ ރިސޯޓަކުން ރޯދަވީއްލުން ދީފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް އެ ކުދިންނަށް މި ރޯދަ މަހު ރޯދަވީއްލުމެއް ދީފައިވެއެވެ.
[contentcards url="https://dhuvas.mv/87487" target="_blank"]
ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި ކުޑަކުދިންގެ ހިޔާގައި ޖުމްލަ 42 ކުއްޖަކު ތިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް