ކ. ގުރައިދޫގައި ގާއިމްކޮށްފައި ހުންނަ ޚާއްސަ އެހިއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅެމުންދިޔަ މީހަކު އައިޖީއެމް ހޮސްޕިލލުގައި މިއަދު ނިޔާވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައވާގޮތުގައި ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ނަފްސާނީ ބަލީގެ މީހެއް ކަމަށާއި އޭނާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
"އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދުގެ ވަގުތެއްގައި ނިޔާވީ، ގުދުރަތީ މަރެއް ކަމުގައި ޑޮކްޓަރު ވިދާޅުވި" ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
https://twitter.com/Min_Gender/status/1134805676679499776
އެ މަރުކަޒަށް އާންމުގޮތެއްގައި ގެންދަނީ އުމުރުން ދުވަސްވީ، އަޅާލާނެ މީހަކު ނެތް މީހުންނާއި ނަފްސާނީ ގޮތުން ބަލި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް