ޕާކު ކޮށްފައި އޮތް ކާރެއްގެ ދޮރު ހުޅުވަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:09ގައެވެ.
"ސައިކަލު ދުއްވަން އިނީ 39 އަހަރުގެ ބަންގްލަދޭޝް މީހެއް، ކާރު ދުއްވަން އިނީ 38 އަހަރުގެ ދިވެއްސެއް، ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮވޭ" ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެމީހާގެ ކޮނޑުހުޅަށް އަނިޔާވެފައިވާކަމަށާއި ވައަތާއި ވައަތު ފައި މަށައިގެން ގޮސްފައިވާކަމަށް ބުނެފައިވެއެވެ. އަދި އޭޑީކޭގައި ފަރުވާ ދިނުމަށްފަހު އެމީހާ މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ކާރު ދުއްވަން އިން މީހާގެ ލައިސަންސް 48 ގަޑިއިރަށް ހިފަހައްޓާފައިވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް