ޢީދު ދުވަހާއި ތިމާވެށީގެ ދުވަހު ހަވީރު ފައިމަގުގައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި

ފިޠުރު ޢީދުގެ ފުރަތަމަ ދުވަސް ކަމުގައިވާ ބުދަ ދުވަހާއި ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހަކީ ފައިމަގުގައި ހިނގާފައި އުޅޭ ދެ ދުވަސް ކަމުގައި މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މ...

01 Jun 2019 | 09:00

ފިޠުރު ޢީދުގެ ފުރަތަމަ ދުވަސް ކަމުގައިވާ ބުދަ ދުވަހާއި ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހަކީ ފައިމަގުގައި ހިނގާފައި އުޅޭ ދެ ދުވަސް ކަމުގައި މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ފަސް މެމްބަރަކު ސޮއި ކުރައްވާ ފާސްކުރެއްވި ގަރާރެއްގައެވެ.

އެ ގަރާރުގައި ބުނެފައިވާގޮތުގައި އެގޮތަށް ނިންމީ ގިނަ ބަޔަކު ފިޠުރު ޢީދުގެ އުފާފާޅުކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ޒުވާނުން މަގުމައްޗަށް ނިކުމެ ޢީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މަގުމައްޗަށް ނިކުމެ އުޅޭ ވަގުތުތަކުގައި މީހަކަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައެވެ.

އެގޮތުން އެ ދެ ދުވަހު ހަވީރު 4:00 އިން ފެށިގެން އިރު އޮއްސި 6:30 އާއި ހަމައަށް މާލެއާއި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކަމުގައި އެ ގަރާރުގައި ފާސްކޮށްފައިވއެވެ.

https://twitter.com/MaleCitymv/status/1134737534838165504

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް