ތ. ކިނބިދޫ އިން މަސްތުވާތަކެއްޗާއި އެކީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އެރަށު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 30 ވަނަ ދުވަހުގެރޭ 20:20 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ތިބި ތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.
މި ދެމީހުންގެ ބަންދަށް ތ.ވޭމަންޑޫ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލަ ކިނބިދޫ ޕޮލިސް ސްޓޭޝަން އިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް