ބާ ކައުންސިލްގެ ބިލް ހޯމަ ދުވަހަށް އެޖެންޑާކޮށްފި

ވަކީލުން މިއަށްވުރެ ބޮޑަށް ޒިންމާދާރު ކުރުމަށާއި، ގާނޫނީ ދާއިރާ ރެގިއުލޭޓް ކުރުމަށް ބޭނުންވާ ބާ ކައުންސިލް އުފެއްދުމުގެ ބިލް އަންނަ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ. އެޓާނީ ޖެނެރަ...

01 Jun 2019 | 07:55

ވަކީލުން މިއަށްވުރެ ބޮޑަށް ޒިންމާދާރު ކުރުމަށާއި، ގާނޫނީ ދާއިރާ ރެގިއުލޭޓް ކުރުމަށް ބޭނުންވާ ބާ ކައުންސިލް އުފެއްދުމުގެ ބިލް އަންނަ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވީ، އެ ބިލުގެ އޮނިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާ ބަދަލުވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ، އެ ބިލް އެޖެންޑާ ކުރެވުމުން އުފާކުރައްވާ ކަމަށާއި، ނިމިދިޔަ 18 ވަނަ މަޖިލީހުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އާ މަޖިލީހުން މި ބިލް ފާސްވެގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމުގައެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ، ބާ ކައުންސިލް ވެގެންދާނީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ މީހުން އިތުރަށް ހަރުދަނާކޮށް، އެމީހުން ޖަވާބުދާރީ ކުރުވައި އަދި އެމީހުން ރެގިއުލޭޓް ކުރެވޭ ކައުންސިލަކަށެވެ.

https://twitter.com/ibriffath/status/1134588010635206656

ބާ ކައުންސިލްގެ ބިލު ފާސްވެއްޖެ ނަމަ އެ ކައުންސިލް ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި އެފެއްދޭނެ ފުރަތަމަ ކައުންސިލް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް