ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރުކޮށްފައި ހުރި އެކަކު ދޫކޮށްލާފައިވަނީ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. ދޫކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ އަލީ ޝާކިރު އެވެ.
އޭނާ ދޫކޮށްލާފައިވާއިރު މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އަނެއް ހަތަރު މީހުން، ޝަރީއަށް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވެއެވެ.
ގދ. ހުޅުވާރުލު ނަމަކަށްކިޔާ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ފުލުހުން އެ މަސްތުވާތަކެތި ހޯދީ ގާތްގަނޑަކަށް 72 ގަޑިއިރު ވަންދެން މެދުނުކެނޑި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމުގައި ފުލުހުން ބުނެއެވެ. އެގޮތުން އެ ފަޅުރަށުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 260 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް