ކ. ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރި ފެރީ ދޯންޏަކުން މެއި 30 ވަނަ ދުވަހުގެ ރޭ 23:41 ހާއިރު އެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަންގައި، އެ ފެރީ ދޯނިން ހިންމަފުއްޓަށް ފޭބި 18 އަހަރުން ދަށުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، އެކުއްޖާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިން ކޮޅާއި، ތިން މޯބައިލް ފޯނުގެ އިތުރުން މޯބައިލް ފޯނުގެ ޗާޖަރެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް މި ކުއްޖާގެ ބަންދަށް ހިންމަފުށީ ކޯޓުން ވަނީ ޖަހާފައެވެ.
މި މައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް