ފަހު ކުއާޓާގެ ތެރޭގައި މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކުގެ ވިޔަފާރުވެރިންގެ ތެރެއިން 182 ފަރާތެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ނުދައްކާ ކަމަށް ހާމަކޮށްފިއެވެ.
މީރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އޮތޯރިޓީ އަށް ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 26 ފަރާތަކާއި، އާންމު ވިޔަފާރި ކުރާ 156 ފަރާތެއް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މީރާ އިން ބުނީ، މި ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ނަން ލިސްޓުން އުނިކުރާނެ ކަމަށެވެ.
މީރާ އިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި ގެންގުޅޭ އުސޫލުގެ ދަށުން އެފަދައިން އަމަލު ނުކުރާ މީހުންގެ ނަމާއި ވަނަވަރު އަބަދުވެސް ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް