ސަލްމާން ޚާން ލީޑު ރޯލުން ފެންނަ ބާރަތް މިމަހުގެ 5 ވަނަ ދުވަހު ރިލީޒްކުރާނެއެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކުރާ މި ފިލްމަކީ، 8 އަހަރުގެ ކުއްޖަކު އޭނަގެ އާއިލާ ދަމަހައްޓައި އުމުރު ދުވަހު ހިމާޔަތްކުރާނެ ކަމަށް އޭނާގެ ބައްޕައަށް ވެފައިވާ ވައުދެއް ފުއްދުމާއި ބެހޭގޮތުން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުން ފެނިގެން ދާނީ އެ ވައުދު ފުއްދަން 60 އަހަރު އަހަރު ވަންދެން އެ ކުއްޖާ ކުރާ މަސައްކަތެވެ.
މި ފިލްމުގެ ޕޯސްޓަރުތަކުން ސަލްމާން އެންމެ ޅަ އިރުން ފެށިގެން މުސްކުޅި ވަންދެން ފެނެއެވެ. މި ފިލްމަކީ 2014 ވަނަ އަހަރު ރިލީޒް ވި ސައުތް ކޮރެއާގެ "އޮޑެ ޓު މައި ފާދަރ" ގެ ރިމޭކް އެކެވެ.
މި ފިލްމުން ސަލްމާން އާއި އެކީ ދެން އެންމެ އިސް ރޯލަކުން ފެނިގެންދާނީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އެވެ. މީގެ އިތުރުން ސަޕޯޓިންގ ކާސްޓުންގެ ތެރޭގައި، ސުނިލް ގްރޯވަރު، ނޯރާ ފަތޭހީ، ދިޝާ ޕަޓާނީ، ޖެކީ ޝްރޯފް، ސޮނާލީ ކުލްކަރްނީ، ޝަޝަންތް އަރޯރާ އަދި ތަބޫ ހިމެނެއެވެ.
މި ފިލްމުގެ މިއުޒިން ކޮމްޕޯޒް ކޮށްފައި ވަނީ ވިޝާލް ޝޭކަރް އެވެ. މި ފިލްމަކީ ޔަގީނުން ވެސް ހިޓް ވާނެ ފިލްމެއް ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް