ހަށި ވިއްކުވަަން އަނބި މީހާ ދޫކޮށްލާފައި ފިލަން އުޅުނު ބިދޭސީއަކާއި އިތުރު ތިން ބިދޭސީއަކު ހައްޔަރު ކޮށްފި

އަނބި މީހާ ލައްވާ ހަށި ވިއްކުވި ބިދޭސީއަކާއި ހަށި ވިއްކުވުމުގައި އުޅުނު އިތުރު ތިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި އެންމެންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. ފުލުހުން ބުނެފައި...

31 May 2019 | 19:12

އަނބި މީހާ ލައްވާ ހަށި ވިއްކުވި ބިދޭސީއަކާއި ހަށި ވިއްކުވުމުގައި އުޅުނު އިތުރު ތިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި އެންމެންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިފަދަ މައުލޫމާތެއް ލިބިގެން ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލާ ފާސްކުރީ މި މަހުގެ 20 ވަނަ ދުވަހުގައެވެ. އެ ގެއިން ހަށި ވިއްކުވުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ ތިން ފިރިހެނަކު ހައްޔަރު ކުރިއެވެ. އަދި ހަށި ވިއްކާ ކަމަށް ތުހުމަތުކުރެވޭ އަންހެން މީހާއަކީވެސް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ.

"މި މައްސަލައިގާ ފުލުހުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވަނީ އަންހެން މީހާ ލައްވާ ހަށި ވިއްކުވަނީ އޭނާގެ ފިރިމީހާ ކަމަށާއި އަދި އޭނާގެ ފިރިމީހާ ކޮށްފައިހުރިކަމަށް ބެލެވޭ އަނިޔާތަކުގެ ނިޝާންތައްވެސް އޭނާގެ ހަށިގަނޑުގައި ހުރިކަމަށް އަދި އަންހެންމީހާގެ ޕާސްޕޯޓް އޭނާގެ ފިރިމީހާ ހިފައިގެން ދިޔަކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ އަންހެންމީހާ އަށް ސޭފް ހައުސް ހަމަޖެހިފައިވަނީ 23 މޭ 2019 ވަނަ ދުވަހުކަމަށެވެ. އަދި ހަމަ އެ ދުވަހު އޭނާ ސޭފް ހައުސްއަށް ބަދަލުކޮށްފައިވާކަމަށާއި ސޭފް ހައުސްގައި އޭނާ ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ އަންހެން މީހާގެ ފިރިމީހާގެ މައުލޫމާތު ފުލުހުން ވަނީ އިމިގްރޭޝަނާއި ހިއްސާ ކޮށްފައެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިމަހުގެ 25 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު އިމިގްރޭޝަނުން ވަނީ އެ އަންހެން މީހާގެ ފިރިމީހާ އަންހެންމީހާގެ ޕާސްޕޯޓް ހިފައިގެން ފުރަން އުޅެނިކޮށް ވެލާނާ އެއާޕޯޓުން ހިފަހައްޓާފައެވެ.

39 އަހަރުގެ އެ ފިރިހެން މީހާއަކީވެސް ބަންގްލަދދޭޝް މީހެއް ކަމަށާއި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓް ވިސާއެއްގެ ދަށުން މި މަހުގެ 15 ވަނަ ދުވަހުގައެވެ. ފުލުހުން އަންނަނީ މި މައްސަލަ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށާއި ކޯޓުން އެ ފިރިހެން މީހާގެ ބަންދަށް 7 ދުވަސް އަދި އަނެއް ތިން ފިރިހެނުންގެ ބަންދަށް 15 ދުވަސް ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް