އައްޑޫ ސިޓީ މޮނިޓަރިންގް އަށް ލައިފިއެވެ. އެޗްޕީއޭއިން ވަނީ މިކަން ޔަގީންކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫސިޓީއަށް އަރާފޭބުން މަނާކޮށްފައި ވަނީ ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސި ވުމުގެ ސަބަބުންނެވެ.
މީގެ ކުރިން ހުޅުމީދޫ އަށް އަރާފޭބުން މަނާކޮށްފައި ވެއެވެ. ނަމަވެސް މިހާރު މުޅި އައްޑޫ ސިޓީއަށް އަރާފޭބުން މަނާވާނެއެވެ.
އައްޑޫ ސިޓީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެފައި ވާއިރު، ގުޅިފައިވާ އަވަށްތަކުގައި ވެސް އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.
އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނިގެން މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ވެސް އެސިޓީ މޮނީޓަރިން ހާލަތައް ގެންގޮސްފައި ވެއެވެ. އެއް މަސް ފަހުން، އައްޑޫގެ މޮނިޓަރިން އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް