ނ. މަނަދޫ އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވިކަން އެނގުނީ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން ގޮސް މާލޭ ގެސްޓު ހައުސްއެއްގައި ހުއްޓަ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މަނަދޫން ޕޮސިޓިވްވެފައިވަނީ އުމުރުން80 އަހަރުގެ އަންހެނެކެވެ. އެމިހާ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެނައީ ރޭގެ ވަގުތެއްގައި އެ ރަށުންނެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެމީހާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ ކަމަށެވެ. އެމީހާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނައިރު ބަލީގެ އުނދަގުލެއް ވާކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.
ޑރ އަފްޒަލް ވިދާޅުވީ އެމީހާ ކޯވިޑަށް ޓެސްޓު ކުރީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އުމުރުން ދުވަސްވީ މީހަކަށް ވާތީ އިތުރަށް ބެލުމަށް ކަމަށެވެ. އޭގެ ފަހުން އެމީހާ ދޫކޮށްލުމުން ހުރީ މާލޭގެ ގެސްޓު ހައުސްއެއްގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ އެމީހާގެ ކޯވިޑް ޓެސްޓުގެ ނަތީޖާ ނުލިބެނީސް އައިޖީއެމްއެޗުން ދޫކޮށްލީ، ފަރުވާ ހޯދީ އެ ބައްޔާ ގުޅޭ ކަމަކަށް ނުވާތީ ކަމަށެވެ. މިކަމާ ގުޅިގެން މިހާރު އެޗްޕީއޭއިން ވަނީ އެ ގެސްޓު ހައުސް އާއި މަނަދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައި އެވެ.
ޑރ. އަފަޒްލަ ވިދާޅުވީ މަނަދޫގައި މި މީހާ އާއި ގުޅުން ހުރި ގާތް މީހުން ދެނެގަނެ ބަލި ޖެހުު ގޮތް ހޯދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން481 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވާއިރު އެކަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް