މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ށ. ޅައިގަމުގައި ގެއްލުނު ބިދޭސީއަކު، އޭނާ މަސައްކަތްކުރަމުންދިޔަ ބޯޓުގައި މަރާލިކަމަށް ވާހަކަ ދެކެވޭ މައްސަލައިގާ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ލުރުފަތު ނަމަކަށް ކިޔާ އެ ބިދޭސީ މީހާ މަރާލީ ކަމަށް ޝައްކުވާފަދަ މޭރުމަކުން ދުވަހަށްވެސް މީގެ ދެތިން ދުވަސް ކުރިން، މިދިޔަ އާދިއްތަ ދުވަހުވެސް މައުލޫމާތު ލިބުނެވެ. އަދި އާދީއްތަ ދުވަހު، އެ ބޯޓުން ދެ ބިދޭސީއަކު ހައްޔަރުކުރި ކަމަށްވެސް މައުލޫމާތު ލިބުނެވެ. ނަމަވެސް އެދުވަހު ފުލުހުން ވިދާޅުވީ ޅައިމަގުން ދެ ބިދޭސީއަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ.
[contentcards url="https://dhuvas.mv/85292" target="_blank"]
މިރޭ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ 22 އޭޕްރީލް 2019 ވަނަ ދުވަހު 12:17 ހާއިރު ށ. ޅައިމަގު ކައުންސިލުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގުޅާފައި ށ. ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކު އެ ރޭ ބޯޓު މާލެއިން ފުރަންވެގެން ބެލި އިރު ބޯޓުގައި ނެތުމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ވާކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރި އިރު އޭރު އެ ބޯޓު ވަނީ މާލެ ދިއުމުގެ ދަތުރުމަތީގައި، ބޯޓު މާލެއަށް ލެފުމުން ފުލުހުން ވަނީ އެ ބޯޓަށް އަރާ ޗެކުކޮށް ބޯޓުގެ ކެޕްޓަން އާއި ފަޅުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައި" ފުލުހުން މިރޭ ބުނެފައިވެއެވެ.
[contentcards url="https://dhuvas.mv/85345" target="_blank"]
ފުލުހުން މިރޭ އިތުރަށް ބުނެފައިވަނީ ހައްޔަރުކުރެވިފައިވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
"ފުލުހުން މި ދަނީ މި މައްސަލައިގައި ތަހްގީގަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން، މި މައްސަލައަކީ ތަހްގީގު ކުރިއަށްދާ މައްސަލައެއް ކަމުން ދެވެން އޮތް މިންވަރަކުން މައުލޫމާތު ހިއްސާ ކުރާނެ ވާހަކަ ދަންނަވަން" ފުލުހުން މިރޭ އިތުރަށް ބުނެފައިވެއެވެ.
އެ ބިދޭސީ މީހާ ގެއްލުނު ކަމަށް ވާހަކަ ދެކެވުނު ދުވަހުވެސް ދުވަހަށް ތަފާތު މައުލޫމާތުތަކެއް ލިބުނެވެ. އެއީ އެ ބޯޓުގައި އެ ރޭ ދަންވަރު ބިދޭސީންތަކެއް ޒުވާބު ކުރި އަޑު ބަޔަކަށް އިވުނު ކަމުގެ މައުލޫމާތާއި އެ ބޯޓުން މާލެ ފުރަން ގޮސް ތިބި ބަޔަކު، ކުޑަކުއްޖަކު ފާހާނާ ކުރަން ދަންވަރު އެ ބޯޓުގެ ފާހާނާ ބޭނުންކުރަން އުޅުމުން، މިހާރު ހައްޔަރުކޮށްފައިވާ ދެ ބިދޭސީން ތަކުރާރުކޮށް އެކަމަށް ހުރަސް އެޅި ކަމެވެ.
ނަމަވެސް މިހާރު އެ ބޯޓުގައި މަސައްކަތްކުރާ އިތުރު ބިދޭސީއަކު ވަނީ ލުރުފަތު މަރާލި ވާހަކަ ވަރަށް ތަފްސީލުކޮށް ވަގުތު ނޫހަށް ކިޔައިދީފައެވެ.
[contentcards url="https://vaguthu.mv/report/182183"]
ފުލުހުން މި މައުލޫމާތުތައް މި ހާމަކުރީ ވަގުތު ނޫހުން އެ ބިދޭސީ ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ގެނެސްދިން ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް