އިންޑިއާގެ ޕާނީޕަތުގައި ރޭލަކާއެކު ސެލްފީ ނަގަން އުޅުނު ތިން ޒުވާނަކު ރޭލެއްގެ ދަށުވެ މަރުވެއްޖެއެވެ.
މިއަދު ހިނގި މި ހާދިސާގައި މަރުވީ އުމުރުން 19 އަހަރުގެ ދެ ޒުވާނަކާއި 18 އަހަރުގެ ޒުވާނެކެވެ. ތިން ފިރިހެނުންނެވެ.
މި ތިން ޒުވާނުން ރޭލެއްގެ ދަށުވެ މަރުވީ، ރޭލެއް ކައިރިވުމުން ސެލްފީ ނެގުމަށްފަހު ޖެހިގެން އޮތް ރޭލު ޓްރެކަށް ދިޔަތަނުން އެ ޓްރެކުން އައި ރޭލެއްގެ ދަށުވެގެންނެވެ. މި ތިން ޒުވާނުންނާއެކު ސެލްފީނެގި އެއް ޒުވާނަކު ސަލާމަތްވިއެވެ. އެ ޒުވާނާ ސަލާމަތްވީ އަނެއް ތިން ޒުވާނުން ދިޔަ ފަޅި ނޫން އަނެއް ފަޅިއަށް ދިއުމުންނެވެ.
އިންޑިއާގެ އޯލް އިނންޑިއަން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އިން މިދިޔަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާގޮތުގައި 2011 އާއި 2017 އާއި ދެމެދު ދުނިޔޭގައި ސެލްފީ އާއި ގުޅުން ހުރި 259 މަރެއް ރެކޯޑް ކުރެވިފައިވެއެވެ.
ސެލްފީ އާއި ގުޅުންހުރި މަރުތައް އެންމެ ގިނައީ އިންޑިއާގައެވެ. ދެވަނައަށް ރަޝިޔާ އަދި ތިންވަނައަށް އެމެރިކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް