މާލޭ ގެއެއްގައި އޭސީއެއް ހަރުކުރަން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ގެއެއްގެ ދެވަނަ ފަންގިފިލާފައި އޭސީއެއް ހަރުކުރަން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ވެއްޓިގެން އައިޖީއެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އު...

01 May 2019 | 15:45

ގެއެއްގެ ދެވަނަ ފަންގިފިލާފައި އޭސީއެއް ހަރުކުރަން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ވެއްޓިގެން އައިޖީއެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އޭނާ ވެއްޓުނީ މާފަންނު ގެއެއްގެ ދެވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރަން އުޅެނިކޮށް ކަމަށާއި މިކަން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 06:34 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭސީ ހަރުކުރުން ފަދަ މަސައްކަތް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. ކިތަންމެ ފަރިތަ ނަމަވެސް ކަމެއް ދިމާވެދާނެއެވެ. އަދި ކަމެއް ދިމާވާނީކީ ބުނެފައެއްވެސް ނޫނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް