މިއަދު ހަވީރުގެ ވަގުތެއްގައި ވިލާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަޔަރ ލޮރީ ކޮންޓްރޯލު ނުވެގޮސް ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ އެ އެއާޕޯޓްގެ ފަޔަރ ލޮރީ ކޮންޓްރޯލް ނުވެގެން ގޮސް 16:15 އާއި 16:20 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ފަޔަރގައި މަސައްކަތްކުރާ ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށް ބުނެފައިވެއެވެ. ނިޔާވެފައިވަނީ އެތަނުން އެކަކެވެ.
މިއެކްސިޑެންޓްގައި މި ހަތަރު މީހުންނަށް އަނިޔާވީ ކިހިނެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ހާމަކުރި ފޮޓޯއަކުން ފެންނަގޮތުގައި ފަޔަރ ލޮރީ ކޮންޓްރޯލު ނުވެ ގޮސް ޖެހުނު ޖޯލި ފައްޗެއް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެމީހުން ތިބީ އެ ޖޯލިފަތީގައި ކަމަށް ބެލެވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު މާ ބޮޑަށް ސީރިއަސްވުމން އޭނާ ގެންދިޔައީ މަހިބަހޫ ހޮސްޕިޓަލަށެވެ. އަނެއް ތިން މީހުން ލޯންޗެއްގައި މާލެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނިޔާވީ މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް