ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، މުސާރަ އަދި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑެއް ސަރުކާރުން މިއަދު އެކުލަވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބޯޑު އެކުލަވައިލީ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އެކޮނޮމިކް މިނިސްޓަރަށް ލަވާ ދިނުމުގެ ގޮތުން ކަމަށެވެ.
https://twitter.com/ibusolih/status/1123445917212975104
ރައީސް މި ބޯޑު އެކުލަވައިލެއްވި އިރު، ގާނޫނީ އޮނިގަނޑުގެ ތެރެއިން ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅަން ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް