ކައިވެނީގައި ވެސް ޕަބްޖީ

މިހާރު އެންމެ މަގްބޫލު އެއް ވީޑިއޯ ގޭމް ކަމަށްވާ ޕަބްޖީ އަކީ ވަރަށް ގިނަ މީހުން ދެވިހިފާފައިވާ ގޭމެކެވެ. މި ގޭމް ކުޅޭ ގިނަ މީހުން އަބަދުމެ ތިބެނީ "މަ މަރުވަނީއޭ.. ރިވައިވް ކުރަން އަންނާށޭ" ކިޔާލަ ކިޔާ...

01 May 2019 | 04:59

މިހާރު އެންމެ މަގްބޫލު އެއް ވީޑިއޯ ގޭމް ކަމަށްވާ ޕަބްޖީ އަކީ ވަރަށް ގިނަ މީހުން ދެވިހިފާފައިވާ ގޭމެކެވެ. މި ގޭމް ކުޅޭ ގިނަ މީހުން އަބަދުމެ ތިބެނީ "މަ މަރުވަނީއޭ.. ރިވައިވް ކުރަން އަންނާށޭ" ކިޔާލަ ކިޔާލައެވެ. މި ގޭމު މިވަނީ މީހާގެ ހަޔާތުގެ އެންމެ މުހިންމު ވަގުތުތަކަށް ވުރެވެސް ހާއްސަވެފައެވެ.

ދާދި ފަހުން ވައިގައި ހިފި ވީޑިއޯއަކުން ފެންނަނީ އިންޑިއާގެ ޖޯޑެކެވެ. ދެމީހުންވެސް ތިބީ ކައިވެންޏަށް ތައްޔާރުވެގެންނެވެ. ނަމަވެސް އެންމެންގެ ސަމާލުކަމަށް އައީ އެ އުފާވެރި ވަގުތުގައިވެސް ފިރިހެން މީހާ ޕަބްޖީ ކުޅެން އިނުމުންނެވެ. ކައިރީގައި ވާން އުޅޭ އަނބިމީހާ އިނީ ހަދާނެ ގޮތެއް ނޭންގިފައި ފޯނަށް ބަލަހައްޓައިގެންނެވެ. އަންހެން މީހާ އަށް އެއްވެސް ސަމާލުކަމެއް ނުދީ ފިރިހެން މީހާ އިނީ ގޭމަށް ގޮސް ގެއްލި ހުސްވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެން މީހާ އަތައް މީހަކު ހަދިޔާއެއް ދިނުމުން އެ ހަދިޔާ ވެސް އެއްލާލައެވެ. ހަފްލާއަށް އައި ހުރިހާ މެހެމާނުންނާއި ދެފަރާތުގެ އާއިލާ ވެސް ތިބީ ފިރިހެން މީހާގެ މި އަމަލުން ރުޅިގަދަވެފައެވެ. ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ހާއްސަ ވަގުތުގައި ގޭމަށް ގެއްލިފައި އިނުމުން އެއިން އިނގެނީ މި ގޭމަށް މީހުން މަރުދޭ ވަރެވެ.

މިއީ ރާއްޖޭގައި ދިމާވި ހާދިސާއެއް ނޫނެވެ. ނަމަވެސް މި ދިވެހި ރާއްޖޭގައިވެސް މި ގޭމަށް މަރުދޭ އެތައް ބަޔަކު އުޅެއެވެ. ރެޔާއި ދުވާލު އިތުރު ކަމެއް ނުކޮށް ގްރޫޕް ހަދާލާފައި ހަމަ ގޭމު ކުޅެލަން އެބަ ތިބެއެވެ. ތިމާމެންގެ ޒިންމާ ތަކެއް ވާކަން ވެސް ގިނަ މީހުން ހަނދާނެއް ނުހުރެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ގޭމުވެސް ކުޅެން ވާނެއެވެ. ނަމަވެސް ހައްދެއް އޮންނަންވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް