އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ ޔޫސުފް ބިން އަހްމަދު އަލްއުތައިމީން މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.
އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރެވެ. ޑރ ޔޫސުފްގެ މި ދަތުރުފުޅާ ގުޅޭ ތަފްސީލް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިދަތުރުފުޅުގައި ޑރ ޔޫސުފް ރާއްޖޭގައި ދެ ދުވަސް ހޭދަ ކުރައްވާނެ އެވެ. އަދި ގަުއމީ ޔުނިވާސިޓިގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ބައެއް ވަޒީރުންނާއި ސަރުކާރުގެ ވެރިންނާއި ބައްދަލު ކުރައްވާނެ އެވެ.
ޑރ. ޔޫސުފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އޯއައިސީގެ އިސްވެރިއެއް ކަމުގައިވާ ޑރ. ހަސަން އާބިދީން ވެސް ރާއްޖެއަށް ވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް