ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކާ ބާވަތްތައް މިއަހަރު ވިއްކަން އިންޑަސްޓްރިއަލް ވިލެޖު ތައްޔާރުކޮށްފި އެވެ.
އެސްޓިއޯގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވަނީ އެތަނުގައި ހަދާފައިވާ ގުދަންތަކުގައި ފިޔާ، އަލުވި އަދި ބިސް ވިއްކުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. މިފަހަރު އެތަނަށް ބަދަލުކުރީ ކަސްޓަމަރުންނަށް ފަސޭހައިން ގޮސް، ގަނެވޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އެސްޓީއޯއިން ވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ އިމާރާތެއް ހަދައިފަ އެވެ. އަދި ވިޔަފާރު ކުރަންދާ ފަރާތްތަކަށް ފަސޭހަވާނެ ހެން ކައުންޓަރުތަކެއްވެސް ވަނީ ހަދާފަ އެވެ.
މިއަހަރު މި ތިން ބާވަތް ވިއްކަން ކަނޑައަޅާފައިވާ އަގު އަދި ހާމައެއް ނުކުރެ އެވެ. މިދިޔަ ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކާފައިވަނީ ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 220 ރުފިޔާއަށް އަދި ބިސް ކޭހެއް 270 ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް