މިއަދު ފާހަގަ ކުރަމުންދާ ދިވެހި ސިވިލް ސާވިސްގެ 10 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ކ. ހިންމަފުށީގައި ފަށައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ހަރަކާތްތައް ރަސްމީކޮށް ފެށީ ފަތިސް ނަމާދުން ކަމަށެވެ. އެއަށް ފަހު ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އަންހެން ޓީމަކާއި ފިރިހެން ޓީމަކުން ހިންމަފުށީ އަންހެނުންނާއި ފިރިހެނުންގެ ޓިމަކާ ވާދަކޮށް ފުޓުބޯޅަ މެޗަކާއި ވާދެމުމުގެ މުބާރާތެއް ކުރިޔަށް ގެންގޮސްފަ އެވެ.
އަދި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންދިޔަ އެވެ.
މި ހަރާކާތްތަކުގެ އިތުރުން މިއަދު މެންދުރު ފަހު ހިންމަފުށީ ހަތަރު މުއައްސަސާއެއްގެ މެދުގައި ކުއިޒު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މި މުބާރާތުގައި ސުވާލުތައް އަމާޒު ކުރެވިފައިވާނީ ސިވިލް ސާވިސް ގަވައިދަށް މުވައްޒަފުން އަހުލުވެރި ކުރުމަށް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި މިރޭ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިނާ ނައިޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް