ހަފްތާއެއްހާ ކުރިން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ރަމްޒީ ހަނދާނެއްގެ ގޮތުގައި އިންދެވި ގަސް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
މި ގަހަކީ ވައިޓް ހައުސްގެ ގޯތި ތެރޭގައި ފްރާންސްގެ ރައީސާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ދެބޭފުޅުން އިންދެވި ގަހެކެވެ. ނަމަވެސް ދެތިން ދުވަސް ފަހުން މިގަސް، އިންދި ތާނގައި ނެތުމުން ގިނަ ބަޔަކު ވަނީ މި ގަހަށް ވީގޮތެއް ނޭނގޭތީ ސުވާލު އުފައްދާފައި އެވެ.
މި ގަހަށް ވީ ގޮތަކާއިމެދު އެމެރިކާއިން ވަކި އެއްޗެއް ނުބުނި ނަމަވެސް އެ ގަހަށް ވީގޮތް ފްރާންސުން މިވަނީ ހާމަކޮށްފަ އެވެ.
ފްރާންސުން ބުނެފައިވަނީ އެމެރިކާއަށް އެތެރެކުރާ ގަސް ފަދަ ތަކެތި ކަރަންޓީނު ކުރަން ޖެހޭތީ މިހާރު އެ ގަސް ވަނީ ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސްފައިކަމަށެވެ. އަދި ކަރަންޓީނު ޕްރޮސެސް ނިމުމުން އެގަސް އަލުން އިންދާނެ ކަމުގައި ފްރާންސުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް