އިންޑިއާ އާއި ގާތް ގުޅުމެއް ދެމެހެއްޓެވީ ބައްޕާފުޅު، ބައްޕާފުޅު ސަލާމަތް ކޮށްދެއްވާ: ދުންޔާ މައުމޫން

ޓެރަރިޒަމްގެ ދައުވާ އާއި އިތުރު އެތައް ދައުވާތަކަކާއެކު ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމުގައި ވެދެވެން އޮތް އެހީތެރިކަމެއް އިންޑިއާއިން ވެދިނުމަށް ރައީސް މައުމޫނ...

01 May 2018 | 05:01

ޓެރަރިޒަމްގެ ދައުވާ އާއި އިތުރު އެތައް ދައުވާތަކަކާއެކު ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމުގައި ވެދެވެން އޮތް އެހީތެރިކަމެއް އިންޑިއާއިން ވެދިނުމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އެދިލައްވައިފި އެވެ.

އިންޑިއާ އާއެކު 30 އަހަރު ވާންދެން ގާތް ގުޅުމެއް ގާއިމްކުރި ވެރިއަކީ ރައީސް މައުމޫން ކަމުގައި ހަނދުމަ ކުރުމަށް ދިއްލީ ކުރެން ދުންޔާ އެދިލައްވާފައިވާއިރު ދަތި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނީ އެކުވެރިން ކަމުގައި ފާހަގަ ކުރައްވާފައި ވެ އެވެ.

ހައިދަރުއާބާދުގެ ނޫހެއް ކަމުގައިވާ ޑެކާން ކްރޮނިކަލް އަށް ދެއްވާފައިވާ އިންޓަވިއުގައި ދުންޔާ ވިދާޅުވެފައިވަނީ ބައްޕާފުޅުގެ އުމުރަށާއި އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް ގެއަށް ދޫކޮށްލުމަށް ސަރުކާރުގެ ކިބައިން އެދިލައްވާ ކަމަށެވެ.

ރައީސް މައުމޫން ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ކުރައްވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ދުންޔާ އިތުރަށް ވިދާޅުވެފައިވަނީ ބައްޕާފުޅާއި ކޮއްކޯފުޅާއި އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން ހައްޔަރު ކޮށްފައިވާއިރު އާއިލާއަށް ދިމާވެފައިވަނީ ހިތްދަތި ހާލަތެއް ކަމުގައިވެސް ދުންޔާ ފާހަގަ ކުރައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް